ބޮލީވުޑް ހޮރޯ ކޮމެޑީ “ފޯން ބޫތު”ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފިއެވެ.
“ފޯން ބޫތު”ގެ ލީޑް ރޯލުން ފެނިގެންދާ އެއް ތަރި، އިޝާން ކައްޓަރް މިއަދު ހެނދުނު އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު އާންމުކުރަމުން ބުނެފައިވަނީ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ކަމަށެވެ.
އިޝާން ކައްޓަރްއާއި ކެޓްރީނާ ކެއިފްގެ އިތުރުން ސިދާންތު ޗަތުރްވެޑީ މައިގަނޑު ރޯލުތައް ކުޅޭ މި ފިލްމު ލިޔެފައިވަނީ ރަވީ ޝަންކަރަންއާއި ޖޭސްވިންދަރް ސިންގ ބަތުއެވެ. ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ގުރްމީތު ސިންގއެވެ.
މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިންގ ފަށަން ހަމަޖެހިފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.
ކިޔުންތެރިންގެ ޚިޔާލު
