ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ”މިނިވަންކަމާއި އަޅުވެތިކަން“ ނަމުގައި ޚާއްސަ ދަރެހެއް ބާއްވަން ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން ނިންމައިފިއެވެ.
ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ބާއްވާ ދަރެސް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 08:30ގައެވެ. މި ދަރެސް ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްގެ ފޭސްބުކުން ލައިވްކުރާނެއެވެ.
ދަރެސް ދެއްވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓުން ކަމަށްވާ އަޙްމަދު އަލާ އާއި، މުހައްމަދު ނާޖިހުއެވެ.
މީގެ ކުރިން، މުނާސަބަތެއްގައި އަޙްމަދު އަލާ ދެއްވާފައިވާ މިފަދަ ދަރެހަކަށް މުޅި ޤައުމުގެކަޅި ހުއްޓި، އެ ދަރެސް ގިނަ ބަޔަކު ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ދަރެސް
”މިނިވަންކަމާއި އަޅުވެތިކަން“
ދަރެސް ދެއްވާނީ @NaajihDidi އާއި @alaadidii
🗓25 ޖުލައި 2020 |🕣 20:30
ދަރެސް ކުރިއަށްދާނީ މި މަރުކަޒުގެ ފޭސްބުކް ލައިވް މެދުވެރިކޮށް.#މިނިވަން55 #Minivan55 pic.twitter.com/9zf0I0tsl9
— National Center for Cultural Heritage (@HeritageMv) July 23, 2020
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




