ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޚުދާ ހާފިޒް” – ޓްރެއިލަރ ވަރަށް އޮބި!

ބީވެފައިވާ ލޯތްބެއް ހޯދުމަށް ވިދްޔަތު ޖަމްވާލް ކުރާ އާދަޔާޚިލާފު ދަތުރެއް ދައްކުވައިދޭ ފިލްމު “ޚުދާ ހާފިޒް”ގެ ޓްރެއިލަރ އާއްމުކޮށްފިއެވެ. ޑިޒްނީ+ހޮޓްސްޓަރ އަށް ދޫކޮށްލާފައިވާ ޓްރެއިލަރ ވަރަށް ފުރިހަމަ ކަން ފާހަގަކޮށްލެވެއެވެ.

“ޚުދާ ހާފިޒް” ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ހޮޓްސްޓާ މެދުވެރިކޮށެވެ. އެކްޝަން ރޯލުތަކަށް ކުޅަދާނަ ވިދްޔަތުގެ މި ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ.

ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދަނީ ޝިވަލީކާ އޮބްރޯއީ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ފާރޫކް ކަބީރުއެވެ. ކުމާރު މަންގަތު ޕަތަކް އާއި އަބީޝޭކް ޕަތަކް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިއީ ހަޤީޤީ ހާދިސާތަކަކުން އިސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top