ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުވާކޮށްފާ ބުނަން” ސީރީޒްގެ ޝޫޓިން ހުޅުމާލޭގައި ބާރަށް ކުރިޔަށް!

ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ 26 އެޕިސޯޑްގެ ލޯބީގެ ސީރީޒް “ހުވާކޮށްފާ ބުނަން”ގެ ޝޫޓިން ހުޅުމާލޭގައި ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ތިން ސީޒަނަކަށް ގެނެސްދޭ ސީރީޒެކެވެ.

“ހުވާކޮށްފާ ބުނަން”ގެ ފިރިހެން ކާސްޓުންނަކީ އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ. އަންހެން ކާސްޓުންނަކީ ޔޫއްޕެ ކުރިއަރަމުން އަންނަ ހުނަރުވެރި ބަޠަލާ މަރިޔަމް ޝިފާ، އައިސް ޓީވީން މިހާރު ދައްކާ ސިލްސިލާ “ފުރަބަންދު”ގައި ހަރަކާތްތެރިވާ ވާޝިޔާ މުހައްމަދު (ޝިޔާ)ގެ އިތުރުން ނަތާޝާ އެވެ.

“ހުވާކޮށްފާ ބުނަން”ގެ ފުރަތަމަ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި އާންމުންނަށް ފެންނަވަރު ވާނެ ކަމުގެ އުންމީދު ޔޫއްޕެ ދޭއިރު، މި ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދި ނިންމާފައި ނުވާކަމަށް ޔޫއްޕެ ބުންޏެވެ.

“ހުވާކޮށްފާ ބުނަން” އަކީ މުޖުތަމައު ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ދައްކުވައިދޭނެ އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top