ދިވެހިރާއްޖޭގައި ރާޅާއެރުމަށް ޚާއްސަކޮށްގެން “ދެވިހިފާފަ” މި ނަމުގައި މަޖައްލާއެއް ތައާރަފްކޮށްފިއެވެ. މިއީ ދިވެހި ރާޅާއެޅުންތެރިންނަށް ޚާއްޞަކޮށްގެން ނެރުނު މިފަދަ ފުރަތަމަ މަޖައްލާއެވެ.
“ދެވިހިފާފަ” މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވީ މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. މި މަޖައްލާގެ ވެބްސައިޓުން ފުރަތަމަ އަދަދު އޮންލައިންކޮށް ކިޔާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
މި މަޖައްލާގެ ފުރަތަމަ އަދަދުގައި ރާއްޖޭގެ ރާޅާއެޅުމުގެ ތާރީޚާއި، ރާޅާއެޅުމުގައި ހަރަކާތްތެރިވެފައިވާ، އަދި ވަމުން އަންނަ އެތަކެއް ފަރާތްތަކެއްގެ ޚަބަރާއި މައުލޫމާތާއި ބަސްދީގަތުން ހިމެނިފައިވެއެވެ.

އަހަރަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ “ދެވިހިފާފަ” މަޖައްލާއިން ބުނީ މިއީ ސާފް ޖާނަލިޒަމް އަދި ސާފް އިންޑަސްޓްރީ ކުރި އެރުމަށް ހުޅުވާލެވޭ ޕްލެޓްފޯމެއްކަމަށެވެ.
މި މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުއައްސިސުންނަކީ ނަހުޝަލް ނާސިރު އާއި އާމިރު އަމީން ދީދީއެވެ.
