އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ” އަކީ ކޮންމެހެންވެސް ބަލައިލަން ޖެހޭ ފިލްކެވެ. އޭގެ ސަބަބުތައް ބައިވަަރެވެ. ފިލްމު “ޔޫސުފް އެންޑް ޒައިނަބު”، “ލޭކަރުނަ”، “އިތުބާރު” ފަދަ ދިވެހި ފިލްމުތަކުގެ އަންހެން ލީޑް ކުޅުނު މަރިޔަމް ރަޝީދާ މި ފިލްމުން ފެނިގެންދިއުމަކީވެސް ފިލްމު ބަލައިލަން ޖެހޭ ސަބަބެކެވެ.
އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އާ އެކު މަގުބޫލު ސްކްރީން ޖޯޑެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މަރިޔަމް ރަޝީދާ 30 އަހަރު ފަހުން ފީޗާ ފިލްމެއްގެ މުހިންމު ރޯލަކުން ފެންނާނީ ފިލްމު “ނީނާ” އިންނެވެ. ފިލްމުގެ ލީޑް “ނީނާ”ގެ މަންމަގެ ރޯލު ކުޅުނު މަރްޔަމް ރަޝީދާ އާއި މުނިއަވަސްގެ ފަރާތުން ބައްދަލުކޮށްލައި، މުހިންމު ބައެއް ސުވާލުތައް ކޮށްލީމެވެ.
“ނީނާ” އަކީ 2019ވަނަ އަހަރު އައި ފިލްމްސް އިން ގެނެސްދިން ކާމިޔާބު ފިލްމު “ބަވަތި” އަށް ފަހު އެ ޕްރޮޑަކްޝަނުން ހަދާ ވަރަށް ތަފާތު ކޮންސެޕްޓެއްގެ ފިލްމެކެވެ. ފިލްމުގެ ލީޑް ތަރިންނަކީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޝަރަފް ޢަބްދުﷲ އާއި ޖުމައްޔިލް ނިމާލެވެ. އިތުރު ޚާއްޞަ ތަރިންގެ ތެރޭގައި މަރިޔަމް ރަޝީދާގެ އިތުރުން މަރްޔަމް ޝަކީލާ (ޝަކިއްތަ) ގެ ރޯލެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު “ޔޫސުފް އެންޑް ޒައިނަބް”ގައި މަރިޔަމް ރަޝީދާ
ފިލްމު “ނީނާ” ގެނެސްދޭން މިހާރު ނިންމާފައިވަނީ 2021 ވަނަ އަހަރުއެވެ. މި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
Aslu kureege photo eh laifa innama varah furihamavees