ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ކުއްޖާގެ ބޮޑު ލޮލަކީ އަސްލެއްކަމަށް ޤަބޫލުކުރެވޭތަ؟

އިންސްޓަގްރާމް ހާވާ ކުދިންނަށް މިއީ އައު މޫނަކަށް ނުވާާނެއެވެ. މާރިއާ އޯޒް އަކީ ޔޫކްރެއިން އަށް އުފަން، އިންސްޓަގްރާމް ތަރިއެކެވެ. ވިޒުއަލް އާޓިސްޓެއްވެސް މެއެވެ. އެތަކެއް ބައިވަރު މީޑިއާތަކާއި މީސްމީޑިއާތަކުގައި މި ކުއްޖާގެ މަޢުޟޫއަކީ ފަތުއަޑުކިޔާާފައި ހިނގާ މަޢުޟޫއެކެވެ. އޯޒްގެ ފޮލޯވަރުން ބުނާގޮތުން މިއީ ދުނިޔޭގައި ހުރި އެންމެ ލޯ ބޮޑު ކުއްޖާއެވެ.

އޯޒްގެ ފޮލޯވަރުންގެ އަދަދު އުޅެނީ 117،000 އަށްވުރެން ވެސް މަތީގައެވެ.

ނަމަވެސް، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން (ނެޓިޒަންސް) ބުނާގޮތުން އެ ކުއްޖާގެ ލޮލުގައި އެއްވެސް ވަރަކަށް ޤުދުރަތީ ސިފައެއް ނެތެވެ. އެއީ ބަދަލުކޮށްފައިވާ ފޮޓޯތަކެކެވެ. ފޮޓޯ ޝޮޕުން އެޑިޓްކޮށް އޭނާގެ ލޮލާާއި ކަރު އެވަނީ ބަދަލުކޮށްފައެވެ. އޭނާ ޕޯސްޓުކުރާ ކޮންމެ ފޮޓޯއަކީ އެޑިޓިންގ ސޮފްޓްވެއާއެއްގެ އެހީގައި ފިލްޓަރއެއް ބޭޭނުންކުރުމަށްފަހު އާއްމުކުރާ ފޮޓޯތަކެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

މިކަމާާމެދު މާރިއާ އޯޒް ތަކުރާރުކޮށް ބުނަމުން ދަނީ ފޮޓޯ އެޑިޓިންގ ސޮފްޓްވެއަރ އެއް ބޭނުންކުރާ ކަމަށާއި ނަމަވެސް އޭނާގެ ލޮލަކީ ހަމަ ހަޤީޤަތުގައިވެސް ބޮޑު ލޮލެއް ކަމަށެވެ. ފާޑުކިޔާ މީހުންގެ ވާހަކަތަކާމެދު އޭނާއަށް ކަހިރުވަކެކޭ ވެސް ހީނުވާާކަން އޭނާ ދީފައިވާ އިންޓަވިއުތަކުން އެނގެއެވެ.

މިއަދު މާރިއާ އޯޒް އަކީ ކާމިޔާބު މޮޑެލް އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top