ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔުނާންގެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އުމުރުންް 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ފިލްމީ ތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާޠިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާޠިމަތު ރިހުލާ ހައްޔަރުކުރީ މި މަހުގެ 04ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ހުޅުމާލޭގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ.

އެ ދެމަފިރިންގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top