ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ، ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަން އޭނާގެ ފޭސްބްކް ޕޭޖްގައި ހިއްސާކުރީ ޕޭޖް ހިންގާ ޓީމުންނެވެ.
ކުމާރު ސާނޫގެ ފޭސްބްކް ޕޭޖްގައި ޖަހާފައިވާ ޕޯސްޓުގައި ބުނީ ސާނޫދާ (ކުމާރު ސާނޫ) ކޮރޯނާ އަށް ފައްސިވެފައިވާ ކަމަށާއި އޭނާއަށް ހެޔޮ ދުޢާކޮށްދިނުމަށެވެ.
ކުމާރު ސާނޫ ކޮވިޑަށް ފައްސިވެފައި މިވަނީ އޭނާގެ އާއިލާ ކައިރިއަށް އެމެރިކާއަށް ދިއުމަށް ރާވާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޚިޔާލު
