ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓުން އިސްނަގައިގެން ގޮއިދޫގައި ކައިޓް ސާފިންގެ ހާއްސަ ހަރަކާތެއް ހިންގައިފިއެވެ.
ގައުމީ ދިދަ ހިފައިގެން ހިންގި ކައިޓް ސާފިންގެ މި ހަރަކާތުގައި 12 ފިރިހެން ބައިވެރިންނާއި 7 އަންހެން ބައިވެރިން ބައިވެރިވިކަމަށް އެ ސޮސައިޓީން މަޢުލޫމާތު ދެއްވައެވެ. ގައުމީ ދިދައިގައި ކައިޓް ސާފިންގެ އިތުރުން ދުވަހުގެ ހާއްސަ ފޮޓޯ ޝޫޓެއް ވެސް ވަނީ ނަގާފައެވެ.
ގޮއިދޫއަކީ ވޯޓަރ ސްޕޯޓްސްގެ އިތުރުން ވޮލީ ފަދަ އެހެނިހެން ހުރިހާ ކުޅިވަރަކަށް ވެސް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ ރަށެކެވެ.
[responsive-slider id=32641]
https://www.facebook.com/MuniAvas/videos/2911001325786744
ކިޔުންތެރިންގެ ޚިޔާލު
