”ބޮޑުތަކުރުފާނު ވާހަކަ – ފޯކްލޯރާއި ދިރާސީ ޙަޤީޤަތް“ ނަމުގައި މި އަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ޔޫޓިއުބް މެދުވެރިކޮށް ގެނެސްދިން ދަރެހަކީ މަޢުލޫމާތުން ފުރިގެންވާ މޭވަވެތި ދަރެހެއްކަން ފާހަގަކޮށްލެވެއެވެ.
މި ދަރެސް ހުށައަޅުއްވައިދެއްވާނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓުން ކަމަށްވާ އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ.
މި ދަރެސްގައި ބޮޑުތަކުރުފާނާ މެދު މި ފަހުން ދެކެވޭ ޚިޔާލުތަފާތުން ހުރި ވާހަކަތަކުގެ މައްޗަށާއި ޕޯޗްގީޒުން ރާއްޖެ ހިފައިގެން އުޅުނުތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސާމެދު ވަރަށް ޢިލްމީ އަދި ދިރާސީ ގޮތެއްގައި މަޢުލޫމާތުތައް ގެނެސްދެއްވިއެވެ.
ދަރެސް ބަލައިލަން އެ ވީޑިއޯ ހިއްސާކޮށްލާނަމެވެ.
ކިޔުންތެރިންގެ ޚިޔާލު
