ބޮލީވުޑްގެ ދެމަފިރިންކަމަށްވާ ނޭހާ ދުޕިއާ އަދި އަންގަދް ބޭދީ އާއި އަންހެން ދަރިފުޅު، ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ގެންދެއެވެ. އެމީހުން ޗުއްޓީ ހޭދަކުރަނީ މޫވެންޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސްގައެވެ.
ދިގު އިންތިޒާރަކަށް ފަހު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލެވޭގޮތް ވުމުން އަންގަދް އާއި ނޭހާގެ މީސްމީޑިއާ އެކައުންޓްތަކުގައި އެމީހުންގެ ޗުއްޓީ ފޮޓޯތައް އަންނަނީ ހިއްސާކުރަމުންނެވެ.
ނޭހާ ދުޕިއާ އަކީ އެކްޓްރެސް އެއްގެ އިތުރުން މަޝްހޫރު މޮޑެލް އެކެވެ. އޭނާއަކީ ހިންދީ، ޕަންޖާބީ، ޓެލުގޫ، މަލަޔާޅަން އަދި ޖެޕެނީސް ފިލްމުތައް ވެސް ކުޅޭ އެކްޓްރެސް އެކެވެ. 2002 ވަނަ އަހަރު ފެމިނާ މިސް އިންޑިއާ ޕޭޖަންޓް ވެސް ލިބިފައިވާ ނޭހާ އަކީ މިސް ޔުނިވާސް 10 ފައިނަލިސްޓުންގެ ލިސްޓުގައިވެސް ހިމެނުނު ފަންނާނެކެވެ.
އަންގަދް ސިންހް ބޭދީ އަކީ އަކީ ކުރިން މޮޑެލްއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ. މިހާރު އެކްޓިންއިން ފެންނަ އަންގަދް ފުރަތަމަ ފެނިފައިވަނީ މަލަޔާޅަމް ކުރު ފިލްމަކަށް ބިނާކޮށް 2004 ގައި ހެދި “ކަޔާ ތަރަން” އިންނެވެ. އެންމެ ފަހުން އަންގަދް ފެނިފައިވަނީ ފިލްމު “ގުންޖަން ސަކްސޭނާ” އިންނެވެ.
ނޭހާ އާއި އަންގަދް ކައިވެނިކުރީ މެއި 2018 ގައެވެ. އެމީހުންގެ ތުއްތު އަންހެން ދަރިފުޅުގެ ނަމަކީ މެހެރް އެވެ.
މާލެއިން ދަތުރުކޮށް 45 މިނެޓުން ވާޞިލުވެވޭ މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް އަކީ ނ. އަތޮޅުގައި އޮންނަ ހިތްގައިމު ރިސޯޓެކެވެ.
