އަނިލް ކަޕޫރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައި ވާއިރު، މީސްމީޑިއާގައި އޭނާ ވަނީ ހުސްގަޔާ ހުރި ފޮޓޯއެއް ހިއްސާކޮށްފައެވެ. އަނިލްގެ މި ފޮޓޯ ފެނި ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.
އަނިލްގެ ދަރިން ކަމަށްވާ ސޯނަމް ކަޕޫރު، ރިއާ ކަޕޫރުގެ އިތުރުން ރިތިކް ރޯޝަން އާއި އަރުޖުން ކަޕޫރު ވެސް އެ ފޮޓޯ ފެނި ހައިރާންކަން ފާޅުކޮށް ކޮމެންޓްކޮށްފައި ވެއެވެ.
މިސްޓަރ އިންޑިޔާގެ ލީޑް އެކްޓަރު، ކޮވިޑްގެ ލޮކްޑައުން ތެރޭގައި ޓައިޓް ޝެޑިއުލްއެއްގައި ކަސްރަތުކޮށް، ދުވެ އޭނާގެ ހަށިގަނޑު ފިޓްކޮށްލައި ސިކްސް ޕެކް ގެނައުމަށް ގެންދަނީ މިންނެތް މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު
