އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ދިމާ މޫދުން މަރުވެފައި އޮތް 31 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ އައިޖީއެމްއެޗާއި ދިމާ ބޭރުން މޫދުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތް ކަމުގެ މަޢުލޫމާތު މިއަދު 10:40 އެހާކަންހާ އިރު، ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށް ވެސް ފުލުހުން މަޢުލޫލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ޚިޔާލު
