ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މީ މަގޭ ޤައުމު” – ހިއްޗާގެ ސަޅި ލަވައެއް ނަޞްރުގެ ދުވަހަށް!

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބ. ކުޑަރިކިލު ‘ހިއްޗާ ބޮޑުބެރު’ން “މީ މަގޭ ޤައުމު”ގެ ނަމުގައި ހިތްގައިމު ލަވައެއް ނެރެފިއެވެ. މި ލަވަ ރިލީޒްކޮށްފައިވަނީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ މަޤުބޫލު ޝޯވ ‘ފަށާއިރު’ ޕްރޮގްރާމުގައެވެ.

މި ދިޔަ ޢީދަށް ވެސް ވަރަށް ފުރިހަމަ ވީޑިއޯ ލަވައެއް ނެރެފައިވާ ‘ހިއްޗާ ބޮޑުބެރު’ ގްރޫޕުން ނެރެފައިވާ “މީ މަގޭ ޤައުމު” ވީޑިއޯ ލަވައަކީ ވެސް އެ ގްރޫޕުގެ ހުނަރުވެރި ފަންނާނުންގެ ވަރަށް ފުރިހަމަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

“މީ މަގޭ ޤައުމު” ލަވަ ކިޔާފައި ވަނީ އަޙްމަދު އިޝާމް އެވެ. އަމިއްލަ ރާގުގެ މި ލަވައިގެ ރާގާއި މިއުޒިކް ހެދީ ޢަބްދުﷲ މުއާޒު އެވެ. މިއުޒިކް މިކްސްކޮށް ކޮމްޕޯސްކުރީ ފަތުހުﷲ ނަޢީމް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top