ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޫމީ އާ ޖަންނަތު” – މައިގަނޑު ތަރިން، އަންނަ ހޯމަ ދުވަހު ހާމަކުރަނީ

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިދިޔަ މަހު 19 ގައި ޝޫޓިން ފަށާފައިވާ ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ނަންތައް އަންނަ ހޯމަ ދުވަހު ހާމަކުރާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ “ރޫމީ އާ ޖަންނަތު“ގެ މެއިން ކާސްޓުންގެ ނަންތައް އަންނަ ހޯމަ ދުވަހު މެންދުރު 12 ޖަހާއިރު ހާމަކުރާނެ ކަމަށެވެ.

ސީރީޒްގެ ކާސްޓުން ހާމަކޮށްފައި ނުވިޔަސް، އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލްގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) “ރޫމީ އާ ޖަންނަތު” ވެބް ސީރީޒާ ގުޅުން ހުރި ބައެއް ފޮޓޯތަކުން ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

މުނިއަވަސް އަށް އެނގިފައިވާ ގޮތުން، “ރޫމީ އާ ޖަންނަތު” ދައްކާނީ މީޑިއާނެޓްގެ އޮންލައިން ޕްލެޓްފޯމަކުންނެވެ.

ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top