’ކޮންމެ ކޮންމެ ކަމެއްގައި ސަކަރާތްޖަހާ ބަސްނާހާ އުޅުމަކީ ރަނގަޅު އުޞޫލެއް ނޫން. މިއީކީ ޖޯކެއް ނޫން. މިކަމުން އަރައިގަތުން އޮތީ ޒުވާނުން އަތުގައި. އަހަރުމެން އަތުގައި. ހުއްޓާ! އަނެކާ އާއި މެދު ވިސްނާ!’
މިއީ ރާއްޖޭގެ އެއްވަނަ ހިޕްހޮޕް ރެކޯޑް ލޭބަލް ސިންބޮލިކް ރެކޯޑްސްއިން ކޮވިޑް-19 އާމެދު ދިވެހިން ހޭލުންތެރިކުރުވުމަށް ނެރެފައިވާ ޚާއްޞަ ހިޕްހޮޕް ވީޑިއޯ ލަވަ ހިއްސާކުރަމުން ލިޔެފައިވާ ލިޔުންކޮޅެކެވެ. ވަރަށް ވެސް ރަނގަޅު ވާހަކަކޮޅެކެވެ. ކޮވިޑް-19 އިން އަރައިގަތުމަށް ސީރިއަސް ވާން އެބަހެޖެއެވެ. މިއީ ޖޯކެއްކަމަށް ހިތައިގެން ނުވާނެއެވެ. އާދައިގެ ކަމެއް ކަމަށް އަދި އަމުދުން ދެކެން ހެޔޮވެސް ނުވާނެއެވެ.
މިއަދުގެ ވަގުތެއްގައި ސިމްބޮލިކް ރެކޯޑްސް އިން ދޫކޮށްލާފައިވާ މި ލަވަ ކިޔާފައިވަނީ ޕެސްޓް، ރައިޑޭ އަދި ޓޯއީ އެވެ.
މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، މިނިސްޓްރީ އޮފް އާޓްސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ޓްވިޓަރގައި ވިދާޅުވީ މިއީ ތަފާތު ގޮތަކަށް ބުނެދީފައިވާ ވަރަށް މުހިއްމު ވާހަކައެއް ކަމަށާއި ފަރުދީ ޒިންމާއަކީ މި ވަބާއަށް އޮތް އެންމެ ފުރަތަމަ ޙައްލު ކަމަށެވެ.
”ނުއެއް ފެނޭ“ ލަވަ އެންޖޯއީކޮށްލަމުން ލަވައިގެ މެސެޖްތަކަށް އެންމެންވެސް އަމަލުކުރަމާ ހިނގާށެވެ. ލަވަ ހިއްސާކޮށްލާ ރައްޓެހިންނަަށް ވެސް މި މެސެޖްތައް ފޮރުކޮށްދިނުން ކިހިނެއްވާނެ ހެއްޔެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




