ބޮލީވުޑްގެ ސުޕަރސްޓަރ އާމިރުޚާންގެ މިހާރު ތައްޔާރު ކުރަމުންދާ ފިލްމު ”ލާލް ސިންގް ޗައްޑާ“ ގައި މުހިންމު ފެނިލުމަކުން ޝާހްރުކް ޚާން ފެނިގެންދާނެކަން މިހާރު މިވަނީ އެނގިފައެވެ. އެ ފިލްމުގައި ޝާހް ކުޅޭ ބައި ޑައިރެކްޓްކުރަނީ ވެސް ޚުދު، އާމިރުޚާން އެވެ.
މިއީ އާމިރާއި ޝާހްރުކް އެކުގައި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމު ވެގެން ދާނީ ދެ އެކްޓަރުންނަށް ވެސް އަދި އެމީހުންގެ ފޭނުންނަށް ވެސް ވަރަށް ޚާއްސަ ފިލްމަކަށެވެ.
އަންނަ ޑިސެމްބަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް ކުޅެނީ އާމިރްޚާން އާއި ކަރީނާ ކަޕޫރެވެ. ކަރީނާ ކުޅެން ޖެހޭ ބައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ފުރިހަމަ ކޮށްފަ އެވެ.
ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން ”ފޮރެސްޓް ގަމްޕް“ގެ ހިންދީ ރީމޭކް ”ލާލް ސިންގް ޗައްޑާ“ އަކީ އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ.
https://www.youtube.com/watch?v=MszHrWfXFQ8
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




