ބޮލީވުޑްގެ ކިލާޅީ، އަކްޝޭ ކުމާރު އަނެއްކާވެސް އިތުރު ކޮމެޑީ ފިލްމަކަށް ތައްޔާާރުވާން ފަށައިފިއެވެ. މިއީ 2021 ވަނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމެކެވެ.
“ބެލް ބޮޓަމް”، “ޕްރިތުވީރާޖް”، “އަތުރަންގީ ރޭ” އަދި “ބައްޗަން ޕާންޑޭ” އަށް ސޮއިކޮށްފައިވާ އަކްޝޭ މިފަހަރު ސޮއިކުރީ މުދައްސަރު އަޒީޒްގެ ކޮމެޑީ ފިލްމަކަށެވެ.
މުމްބާއީ މިރޯ ބުނާގޮތުން، އަންނަ މާރިޗް މަހު “ބައްޗަން ޕާންޑޭ”ގެ ޝޫޓިން ނިންމައި، އާނަންދު އެލް ރާއީގެ ފިލްމު “ރަކްޝާ ބަންދަން”ގެ ޝޫޓިން ނިންމުމަށްފަހު އެކްތާ ކަޕޫރުގެ އެކްޝަން ކޮމެޑީގެ މަސައްކަތް ފަށާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އަކްޝޭ އަލަށް ސޮއިކުރި ކޮމެޑީ ފިލްމުގެ މަސައްކަތް ފަށާނީ ޖުލައި 2021ގައެވެ.
މި ފިލްމު ވެގެންދާނީ އަކްޝޭ އާއެކު މުދައްފަރު އަޒީޒް ކުރާ ފުރަތަމަ މަަސައްކަތަށެވެ. މުދައްފަރު މަޝްހޫރުވެފައި ވަނީ ލޯބީގެ ކޮމެޑީ “ޕަތީ ޕަތުނީ އޮރް ވޯހް” އާއި “ހެޕީ ބާގް ޖާއޭގީ” ފަދަ ފިލްމުތައް އުފެއްދުމުންނެވެ.
އަކްޝޭ ލީޑް ކުޅެފައިވާ ފިލްމު “ލަކްޝްމީ” މިވަގުތު ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އިރު، އޭނާ މަސައްކަތް ފަށާފައިވާ އިތުރު ޕްރޮޖެކްޓްތައް ނިންމުމަށް ހުރީ އަތުކުރި އޮޅާލާފައެވެ. އެގޮތުން ކޮވިޑް-19 އާ ހެދި ހުއްޓިފައިވާ “ބެލް ބޮޓަމް”ގެ ޝޫޓިން ސްކޮޓްލޭންޑްގައި ވަނީ ނިންމާލާފައެވެ. އެއަށްފަހު “ޕްރިތުވީރާޖް”ގެ ޝޫޓިން ފަށާފައިވެއެވެ.
ފިލްމު “ލަކްޝްމީ” ގައި އަކްޝޭ ވަނީ އާދަޔާޚިލާފު ހުނަރުވެރި އެކްޓިން އެއް ދައްކާލާފައެވެ. އެގޮތުން ހުންސާއެއްގެ ރޫހެއް އަކްޝޭގެ ގަޔަށް ވަދެގެން އުޅޭއިރު، ނިޝްވާނީ (އަންހެންް ވަންތަ) މޮޅު އެކްޓިންއެއް އޭނާ ދައްކާލާފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!