ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިލްޕާ ޝެޓީ ދަރިފުޅު ގޮވައިގެން ހުރި ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާއްމުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ހުރި ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާއްމުވެއްޖެއެވެ. މިއީ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެކެވެ.

ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާއަށް އަންހެން ދަރިއެއް ލިބުނުކަން އާއްމުކޮށް އޭނާގެ ފޭނުން ހައިރާންކޮށްލީ މި އަހަރު ފެށެން އުޅެނިކޮށެވެ.

މި އަހަރު ފެބްރުއަރީ މަހު ޝިލްޕާގެ ރަސްމީ އިންސްޓަގްރާމް ޕޭޖަށް ދަރިފުޅުގެ އަތް ފެންނަ ފޮޓޯއެއް ލުމަށް ފަހު އަންހެން ކުއްޖަކު ލިބިއްޖެ ކަމަށް ސަޕޯޓަރުންނަށް އިއުލާނުކޮށްފައި އެވެ. އޭނާ ބުނީ ދަރިފުޅު ސަރޮގޭޓް ކޮށް ވިހެއީ ފެބްރުއަރީ މަހުގެ15 ވަނަ ދުވަހު ކަމަށެވެ.

އަލަށް ލިބުނު އަންހެން ދަރިފުޅަށް ކިޔަނީ ސަމީޝާ ޝެޓީ ކުންދުރާ އެވެ. ފުރަތަމަ ދަރިފުޅަށް ކިޔަނީ ވިއާން ރާޖް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top