އެމެރިކާގެ އެންމެ އުތުރަށް އޮންނަ އެލަސްކާގެ އަވަށެއް ކަމަށްވާ ބަރޯވ (ކުރިން ކިޔަނީ: ޔުޓިކީކީ) އަށް އެންމެ ފަހުން އިރުއޮއްސޭ ތަން ފެންނާނީ މި އަންނަ ބުދަ ދުވަހުއެވެ. އޭގެ ފަހުން ކުރިއަށް އޮތް ދެމަސް ދުވަހު އެއްވެސް ވަރަކަށް އިރު ނުފެންނާނެ ކަމަށް އެމެރިކާގެ މޫސުމާބެހޭ އޮފިޝަލުން ބުނެއެވެ.
އަންނަ ބުދަ ދުވަހު ޔުޓިކީކީ އަވަށަށް އިރު އަރާނީ މެންދުރު 12:51 ގައެވެ. އިރު އޮއްސޭނީ މެންދުރު ފަހު 01:29ގައެވެ. މާނައަކީ އިރުގެ އަލިކަން ލިބޭނީ އެންމެ 34 މިނެޓްގެ ވަގުތަކަށެވެ. އެއަށް ފަހު 22 ޖެނުއަރީ 2021 އާއި ހަމައަށް އެއްވެސް ދުވަހެއްގައި އިރެއް ނާރާނެއެވެ.
ގުދުރަތީ މި އަޖައިބަށް ކިޔަނީ ‘ޕޯލާރ ނައިޓް’ އެވެ. މިއީ ދުނިޔެއަށް އަންނަ ލޮޅުމެއްގެ ސަބަބުން ދުނިޔޭގެ އުދަރެހުގެ ތިރީގައި އިރު ހުންނަ ގޮތް މެދުވެރިވާ މެދުވެރިވުމެކެވެ.
ޔުޓިކީކީ އޮންނަނީ އާރކްޓިކް ބުރުގެ އެތެރޭގައެވެ. ފިނިމޫސުމުގައި، އިރާއި ފެޔަށް އުތުރު ތަނޑި ހެލިލައެވެ. ނަތީޖާއެއްގެ ގޮތުން އިރު ހުންނަނީ އުދަރެހުގެ ތިރީގައެވެ. ހޫނު މޫސުމުގައި މީގެ އިދިކޮޅަށް މަސައްކަތްކުރެއެވެ.
ދެމަސް ވާންދެން އެ އަވަށަށް އިރު ނޭރިޔަސް، އަވަށް އޮންނާނީ އެއްކޮށް އަނދިރިކޮށެއް ނޫނެވެ. އެހެން ނަމަވެސް އެންމެ އަލިގަދަ ވަގުތުވެސް އޮންނާނީ އިރު އޮއްސޭ ވަގުތު އޮންނަ ވަރުގެ އަލިކަމެކެވެ.
