ކޮމެޑީ އަކަސް، ތުރިލާ އަކަސް، ލޯބީގެ ނުވަތަ ބިރުވެރި ފިލްމެއް ވިޔަސް، ޑާކްރެއިން އެންޓަޓެއިމަންޓުން އުފައްދާ ނަމަ، އެއަށް މުޅި ރާއްޖޭގެ ފިލްމީ އޯޑިއަންސް އިންތިޒާރުކުރެއެވެ. މިއީ މިހާތަނަށް ފެނި، އެނގިފައިވާ ހަޤީޤަތެކެވެ. އެހެންކަމުން، މިވަގުތު ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުން ދުވަސް ގުނަމުން ދަނީ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” ފެންނާނެ ވަގުތަކަށް ކަން ޔަޤީނެވެ.
ބާރު ސްޕީޑްގައި “ރޫމީ އާ ޖަންނަތު” ވެބް ސީރީޒްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައެއް ޝޫޓްކޮށް ނިންމައިފިއެވެ. ޝޫޓިން ކުރިއަށްދާއިރު، ތަފާތު ރަހަތައް އެކުލެވޭ ކުދި ވީޑިއޯކޮޅު ތަކާއި ފޮޓޯތައް ހިއްސާކުރަމުން އަންނަ އިރު، ބެލުންތެރިން މި ސީރީޒް ބަލާހިތްވާ ފަދަ ކަންތައްތައް ފެންނަކަން ފާހަގަކޮށްލެއެވެ. އެގޮތުން ޚާއްޞަ ފެނިލުންތަކަށް، މަޝްހޫރު ފަރާތްތައް ހިމަނަމުން އަންނައިރު، ދިވެހި ވަންތަ މިއުޒިކް ކުޅެމުންދާ “ގަގުނަސް ތަރާނާ” ބޭންޑް ހިމަނައިގެން ވެސް ޝޫޓިންއެއް ޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/mogerdre/videos/4003875679640564″ poster=”http://www.muniavas.com/wp-content/uploads/2020/12/8E853C60-7C9B-4ACA-9F3B-D318CF38BD2B.jpeg”]
މީގެ އިތުރުންވެސް ސީރީޒްގެ ޕޯސްޓަރުތަކުން އީކުއަޓިކް ވައިބްގެ ޝައްމު އާއި މޮޅު ފެހުންތެރިޔާ އަދި ޑިޒައިނަރ ރަޒީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. މީގެ އިތުރުން ޑާކް ރެއިންގެ ފިލްމުތަކުން ފެންނަ ނޫރާގެ ބައެއް ފޮޓޯތައްވެސް ފެނިގެން ގޮސްފައިވެއެވެ.
[responsive-slider id=33738]
ލީޑުން ފުބޫ އާއި މަޖޫ ފެނިގެންދާނެ ”ރޫމީ އާ ޖަންނަތު“ ދައްކާނީ މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމުންނެވެ. މީގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. މަޖޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައެވެ. ސީރީޒްގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނިގެންދާނެ އެވެ. މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.
”ރޫމީ އާ ޖަންނަތު“ ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
