ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ހަމައެކަނި އޮންލައިން މެގަޒިން، “މުނިއަވަސް” އަށް މިމަހު 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، މި ކަމަށް ޚާއްޞަކޮށްގެން، ޚާއްޞަ ވީޑިއޯ ސްޕޮޓްތަކެއް މުނިއަވަސް އިން ގެނެސްދޭން ފަށައިފިއެވެ. މިއީ މުނިއަވަސް އާމެދު މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނާއި ދިވެހި އާޓިސްޓުންގެ އިތުރުން މުނިއަވަސް ޓީމުގެ މެންބަރުންނާއި އަދިވެސް ބައެއް އެހެން ދާއިރާތަކުގެ ފަރާތްތަކުން ދެކޭ ގޮތް ގެނެސްދޭ ވީޑިއޯ ސްޕޮޓްތަކެކެވެ.
‘ރާއްޖޭގެ ފަންނާނުންނާއެކު 2 އަހަރު!’ މި ޝިޢާރުގެ ދަށުން ގެނެސްދޭން ފެށި ވީޑިއޯ ސްޕޮޓްތަކުން ފުރަތަމަ އާއްމުކުރީ ރާއްޖޭގެ ފިލްމީ ދާއިރާގެ ސީނިއާ ފަންނާނެއް ކަމަށްވާ އެކްޓަރ އަދި ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) މުނިއަވަސް އާމެދު ދެކޭ ގޮތް ގެނެސްދީފައިވާ ވީޑިއޯއެކެވެ. އެއަށްފަހު، މުނިއަވަސްގައި ދާދި ފަހަކާ ޖެހެންދެން މަސައްކަތްކުރި ޒުވާން ނޫސްވެރިޔާ މުޙައްމަދު ރިފާޒް (ރިޕްސް)ގެ ވީޑިއޯ ސްޕޮޓެކެވެ.
މުނިއަވަސްގެ ފޭސްބްކް ޕޭޖް އަދި ޓްވިޓަރ މެދުވެރިކޮށް ގެނެސްދޭ މި ސީރީޒްގައި ކޮންމެ ދުވަހަކު ދެ ވީޑިއޯ ސްޕޮޓް ރިލީޒްކުރުމަށް ހަމަޖެހިފައިވެއެވެ.
17th December is our 2nd Anniversary Day
On this occasion, we are bringing thoughts about MUNIAVAS from artists and celebrities plus members in our small team.
E01 – Mohamed Aboobakuru (#Maaenboo) @Maldives_Film @MUMaldives pic.twitter.com/PA1euk9qel— MUNIAVAS – Your Place of Infotainment (@muni_avas) December 13, 2020
17 ޑިސެމްބަރު 2018ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރެޖިސްޓްރީ ކުރެވުނު މުނިއަވަސް ރަސްމީކޮށް ލޯންޗުކުރީ 05 މާރިޗް 2019 އޮލިމްޕަސް ސިނަމާގައެވެ. ދިވެހި ފިލްމު “ފޯޓީ ޕްލަސް” ރިލީޒްކުރި ޚާއްޞަ ރަސްމިއްޔާތުގައެވެ. މުނިއަވަސް ލޯންޗުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ. މި ހަފުލާގައި ރާއްޖޭގެ ކުރީގެ ރައީސް، މަޢުމޫނު ޢަބްދުލް ޤައްޔޫމު ވެސް ބައިވެރިވެލެއްވިއެވެ.
”އާދެ މުނިއަވަސް އަކީ އަޅުގަނޑު ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއްކަން ފާހަގަ ކޮށްލަން. ރާއްޖޭގަ މުނިފޫހިފިލުވުމުގެ
ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް ހަމަ އެކަނި ކަވަރ ކުރާ، ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފަ އޮތް ހަމައެކަނި އޮންލައިން
މެގަޒިން މުނިއަވަސް އިފްތިތާހުކޮށްދިމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަދި ޝަރަފުވެސް ލިބިގަންނަން.“
މުނިއަވަސް ލޯންޗްކޮށްދެމުން ސީޒަން ބުންޏެވެ.
”އާދެ މުނިއަވަސް އަކީ އަޅުގަނޑު ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއްކަން ފާހަގަ ކޮށްލަން. ރާއްޖޭގަ މުނިފޫހިފިލުވުމުގެ
ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް ހަމަ އެކަނި ކަވަރ ކުރާ، ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފަ އޮތް ހަމައެކަނި އޮންލައިން
މެގަޒިން މުނިއަވަސް އިފްތިތާހުކޮށްދިމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަދި ޝަރަފުވެސް ލިބިގަންނަން.“
މުނިއަވަސް ލޯންޗްކޮށްދެމުން އިތުރަށް ސީޒަން ބުންޏެވެ.
17th December is our 2nd Anniversary Day
On this occasion, we are bringing thoughts about MUNIAVAS from artists and celebrities plus members in our small team.
E02 – Mohamed Rifaaz (@metabolicks). Presently working at @sangunews @Maldives_Film @MUMaldives pic.twitter.com/SDyMieWmVX— MUNIAVAS – Your Place of Infotainment (@muni_avas) December 14, 2020
މުނިއަވަސް ގައި ރާއްޖޭގެ ފިލްމީ ދާއިރާ އާއި މިއުޒިކީ ދާއިރާގެ ޚަބަރާއި މަޢުލޫމާތުގެ އިތުރުން، ޢިލްމީ އަދަބީ، ތާރީޚީ ސަގާފީ ލިޔުންތަކާއި ވައްޓަފާޅި ދައްކުވައިދޭ ލިޔުންތައް ޝާއިޢުކުރަން ގެންދެއެވެ. މުނިއަވަސް އިފްތިތާހު ކޮށްދެމުން ސީޒަން ފާހަގަކުރި ގޮތަށް މުނިއަވަސް އަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގަމުން އަންނަ، ސިޔާސީ ޚަބަރުތައް އެއްގޮތަކަށްވެސް ނުގެނެސްދޭ އޮންލައިން އެކެވެ.
މުނިއަވަސް ވުޖޫދަށް ގެނައީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލުމާތުތައް އެންމެ ތާޒާކޮށް، އެންމެ ފުރަތަމަ ގެނެސްދިނުމުގެ ބޭނުމުގައެވެ. މިއަދު އެކަން މުނިއަވަސް އަށް މިވަނީ ހާސިލްވެފައެވެ. މި ލަނޑުދަނޑިއަށް ވާސިލްވެވުނީ ހިލޭސާބަހަށް މުނިއަވަސްގައި މަސައްކަތްކުރާ ޓީމު މެންބަރުންގެ ހިތްވަރުންނެވެ. ފަންނާނުން މުނިއަވަސް އަށް ކުރާ އިތުބާރާއި މުނިއަވަސް އަށް ދޭ އިސްކަމުގެ ސަބަބުންނެވެ. މިކަމަށްޓަކައި މި ދެ ފަރާތަށް ވަރަށް ފަށްފަށުން މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
މުނިއަވަސް ހިންގަމުން މި ގެންދަނީ ގިނަގުނަ ގޮންޖެހުންތަކަކާއެކުގައެވެ. އޭގެތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
– މުނިއަވަސް ޓީމުގެ މެންބަރުން ތިބީ އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައެވެ. މާލޭގައި މުނިއަވަސް ރަމްޒުކުރުމަށް މަސައްކަތްކުރާ އެއްވެސް މީހަކު ނެތެވެ.
– އެއްވެސް މާލީ މަންފާއެއް އަދިވެސް ވަނީ ލިބޭގޮތް ނުވެފައެވެ. މުނިއަވަސްގެ މީޑިއާ ޕްރޮޕޯސަލް އާއި އެޑްވަރޓޯރިއަލް ޕްރޮޕޯސަލް ރާއްޖޭގެ ހުރިހައި ކުންފުނިތަކަށް ހެން ފޮނުވިއްޖެއެވެ. ހާލަތު ދިމާވީ ކޮވިޑް-19ގެ ހާލަތާއެވެ. އޭގެ ކުރީ އަހަރު މި ދެންނެވި ތަކެތި ހުށައެޅުނު ލެއް ލަސްވީއެވެ.
