ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޫހީ ޗައުލާގެ ޖަވާހިރު ކަންފަތުލާ މުންޖެއް ހޯދައިދިން މީހަކަށް އިނާމެއް!

ބޮލީވުޑްގެ ހިތްގައިމު އެކްޓްރެސް ޖޫހީ ޗައުލާގެ ޖަވާހިރު ޖެހި ކަންފަތުލާ މުންޖެއް ގެއްލިއްޖެކަން ހާމަކޮށް އިއްޔެ ރޭގެ ވަގުތެއްގައި ޓްވީޓެއް ކޮށްފިއެވެ. ޓްވީޓްގައި އޭނާ އެދިފައިވަނީ އެ ކަންފަތުލާ މުދި (އިއަރ ރިންގް) ފެނިއްޖެ ނަމަ ފުލުހުންނަށް އަނގައިދިނުމަށެވެ. ކަންފަތުލާ މުދި ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް ވެސް ދޭނެ ކަމަށްވެސް ޖޫހީ ވަޢުދުވެފައި ވެއެވެ.

ޖޫހީ ކޮށްފައިވާ ޓްވީޓުގައި ބުނީ އޭނާގެ ކަންފަތުލާ މުދި ގެއްލުނީ މުންބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓީ2 ސަރަހައްދަށް ކަމަށެވެ.

ޖޫހީގެ ގެއްލިފައިވާ ކަންފަތުލާ މުންޖާއި ވައްތަރު ކަންފަތުލާ މުންޖެއްގެ ފޮޓޯއެއްވެސް އޭނާ ކޮށްފައިވާ ޓްވީޓްގައި ހިމަނާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top