މީޑިއާގެ ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު އާސިފް (މޮންދު)ގެ ހިތްގައިމު އަޑުގެ ޖާދޫގައި ނުޖެހޭ ދިވެއްސެއް މަދުވާނޭ ބުނުން ގޯހަކަށް ވާނެ ހެއްޔެވެ؟ މޮންދު ފެނުމުން، މޮންދުގެ އަޑާއި މޮންދުގެ ސޫރައާ ނުގުޅޭކަމަށް ހީކުރެވުނު ދިވެހީން ވެސް މަދެއް ނުވާނޭ ބުނުން ގޯހަކަށް ވާނެ ހެއްޔެވެ؟ މީޑިއާގެ އެކިއެކި މަގާމުތަކުގައި 29 އަހަރު އުޅުއްވާފައިވާ މޮންދު މީޑިއާގެ ދާއިރާގައި ވަޒީފާއަދާކުރުން ހުއްޓަވައިލެއްވިޔަސް، މީޑިއާއަކުން މޮންދު ދުރަކަށް ވަޑައެއް ނުގަންނަވަައެވެ. މޮންދު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ ”ކުރުކޮށް“ ޚަބަރު އެޕްލިކޭޝަން މިއީ އެކަމުގެ ހެއްކެކެވެ.
މޮންދުގެ ”ކުރުކޮށް“ އެޕްގައި ޚަބަރުތައް ގެނެސްދެނީ ކުރުކޮށެވެ. ވަދިކޮށް އުޅޭ ކިޔުންތެރިންނަށް އެވަރު އެއީ ހަމަ އެންމެ ފުދޭ މިންވަރު ކަމަށް ވެދާނެއެވެ. އެ އެޕްލިކޭޝަން އުފެއްދެވުމުގައި މޮންދުގެ ވިސްނުންފުޅު ހުރީވެސް އެގޮތަށެވެ. ނަމަވެސް މޮންދުއަށް އެވަރުން އަދި ފުދިވަޑައިނުގަންނަވަނީ ކަމަށްވެސް ވެދާނެއެވެ. މީޑިއާގައި ދިގު މުއްދަތަކަށް އުޅުއްވުމުން އެކަމަށް ދެވިހިފައިފައި ހުންނެވީ ކަމަށްވެސް ވެދާނެއެވެ. އަނެއްކާވެސް މޮންދު މިވަނީ ދިވެހި މީޑިއާގެ ދާއިރާއަށް މުޅިން އައު ކަމެއް ތަޢާރަފުކުރައްވާފައެވެ. ވީޑިއޯ ޕޮޑްކާސްޓިންގ ޓޯކް ޝޯއެއް މިވަނީ ގެނެސްދެއްވަން ފައްޓަވާފައެވެ.
”ޓޯކް ޝޯ މޮންދު“ ކިތަންމެހާވެސް ތަފާތެވެ. ޝޯގެ ޕްރެޒެންޓަރަކީ ނުވަތަ ހޯސްޓަކީ މޮންދުއެވެ. ކެމެރާމަނަކީ މޮންދުއެވެ. ލައިޓިން އާއި އެޑިޓިން އަދި ޑައިރެކްޝަން ހެއްދެވީވެސް މޮންދުއެވެ. މޮންދުގެ އަމިއްލަފުޅު ސްޓޫޑިއޯގައެވެ. ޓޯކް ޝޯގެ ފަރުދާ ކަހައިލުން ކިތަންމެހާވެސް ކުލަގަދައެވެ. އަލިގަދައެވެ. ދިވެހި ބްރޯޑްކާސްޓިން މީޑިއާގައި އެންމެ ފުންނާބު އުސް ތިން ޕްރެޒެންޓަރުންނާއެކު ފެށުނު މި ޝޯއަކީ ބްރޯޑްކާސްޓިން އާއި ނޫސްވެރިކަމަށް ޝައުޤުހުރި ހަމަ ކޮންމެ މީހަކު ބަލާނެ ޝޯއެއްކަން ޔަޤީނެވެ.
ޝޯގެ ވާހަކަތައް އިތުރަށް ދައްކާކަށް ނެތީމެވެ. އެ ވާހަކަތައް ދައްކައި ސިފަކޮށްދިނުމަކީ އަޅުގަނޑަށް ފަސޭހަކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. ޝޯ ނުބަލައި ތިއްބެވި ބޭފުޅުން މި ޝޯ ބައްލަވައިލެއްވުމުން، މި ދެންނެވީ ރަނގަޅު ވާހަކައެއްކަން އެނގޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ވަރަށްބޭނުންތިޔަޝޯ ބަލައިލަން ޔަގީންވާކަމަކީ މިއެއްމެ ބޭފުޅުންގެ ހުށައރޅުންތައް ވަރަށް ފުރިހަމަވާނެކަން