ހައްދުންމަތީ ވެރިކަންކުރާ ރަށް ފޮނަދޫން 04 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެެވެ. ފައްސިވެފައިވަނީ ތިން ކުޑަކުދިންނާއި އަންހެނެކެވެ.
ފޮނަދޫ ޞިއްޙީމަރުކަޒާ ހަވާލީދީ ދެން އޮންލައިން އިން ބުނީ ނެގީ 4 ސުންކު ކަމަށާއި އެ ހަތަރު ސުންކުވެސް ފައްސިވެފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުން ފޮނަދޫން ފައްސިވީ ދެކުނު ރަށެއްގައި ތިބެފައި ފޮނަދުއަށް އައި އާއިލާއެއްގެ ބައެކެވެ. މިއީ ދެއްވަދޫން ފައްސިވި ވޭދަނައާއި ގުޅުންހުރި ވޭދަނައެއް ކަމަށް ވެއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ލ. ފޮނަދޫ ބަރާސިލް އަވަށު ގެއެއްގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ފައްސިވި ފަހުން، މިއީ ފޮނަދޫން މި ބައްޔަށް ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ޚިޔާލު
