ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިމްބޮލިކްގެ ފުރަތަމަ އެނިމޭޓެޑް ލަވަ “ދަތިތައް” ނެރެފި

ރާއްޖޭގެ ހިޕްހޮޕް އަދި ރެޕްގެ ކޯރުގައި އެންމެ ވަރުގަދަ ރެކޯޑް ލޭބަލް ސިމްބޮލިކް ރެކޯޑްސްގެ ފުރަތަމަ އެނިމޭޓެޑް ވީޑިއޯ ލަވަ “ދަތިތައް” ބައިސްކޯފު ގައި ރިލީޒް ކޮށްފި އެވެ.

ބައިސްކޯފު މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސް އިން މިމަހު 15ގައި ނެރުނު ‘ކޯވަރެއް’ އަލްބަމްގައި ހިމެނޭ “ދަތިތައް” ލަވައަށް ވީޑިއޯ އެނިމޭޝަން ހަދާފައިވަނީ ‏މުސްތަފާ މުހައްމަދު (ކުލަފިހި) ‎އާއި، ސިމްބޮލިކްގެ ރެޕް އާޓިސްޓް މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) އެވެ.

ޕެސްޓް ބުނީ މަސްދުވަސް ތެރޭގައި މި ޕްރޮޖެކްޓް ނިންމުން އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ކުލަ ފިހި މުސްތޮގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ.

“ދަތިތައް” ވީޑިއޯލަވަ ބަލާލެވޭނީ ހަމަ އެކަނި ‎ބައިސްކޯފުންނެވެ.

‎’ކޯވަރެއް’ އަލްބަމްގައި ވަރަށް ހިތްގައިމު 20 ލަވަ ހިމެނޭއިރު، މިއީ ސިމްބޮލިކުން ގާއިމުކޮށްފައިވާ ރެކޯޑެއް ކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top