ތ. ކިނބިދޫ މައުލޫދު ހަރުގެ މަރާމާތުކުރަން ޢަލީ ގީތު ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 20 ޖަނަވަރީ 2021 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުގައި ވެވުނު އެއްބަސްވުމަކާ އެކުގައެވެ.
މައުލޫދު ހަރުގޭގެ މަސައްކަތް ކުރުމަށް ދީފައިވަނީ 55 ދުވަހެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވާ ސުންގަޑި އަކީ 8 އޭޕްރީލް 2021 އެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭނެ މައިގަނޑު މަސައްކަތްތަކަކީ:
• ފުރާޅުގެ ޓިނު ނައްޓައި ރޫޅުމާއި ފައިދޮށާއި ފަތިނެއްޓުން އަދި އައު ޓިނު ޖެހުމާއި ފައިދޮށާއި ފަތިއެޅުން
• މާލޫދު ހަރުގޭގެ ފާރުތައް މަރާމާތު ކުރުން
• ތަޅު ހަރުކުރުން
• މާލޫދު ހަރުގެއަށް ވަންނަ ދޮރުތަކާ ދިމާއަށް ހަރުފަތް ބަރިތަކެއް ހެދުން
• ދޮރާއި ދޮރުފަތްތައް ބަދަލުކުރުން
• ސީލިންގ ކުރުން
• ކަރަންޓް ވައިރުކޮށް ދިއްލުމެވެ.
މި މަސައްކަތުގެ އަގަކީ 496،981.00 (ހަތަރުލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ އަށްޑިހަ އެއް ރުފިޔާ) ކަމަށްވެސް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އިން ވިދާޅުވެއެވެ.
