މޯލްޑިވިއަން އައިޑޮލް އިން ވިދާލި އިބްރާހިމް ވަހީދު (ބޮޑުބެ)ގެ މަންމަގެ ހަނދާނުގައި ކިޔާފައިވާ ވަރަށް އަސަރުގަ މަދަހައެއް ހަދިޔާކޮށްފިއެވެ.
ބޮޑުބެގެ ފޭސްބުކް ޕޭޖުގައި މި މަދަހަ އާއްމުކުރަމުން ބޮޑުބެ ބުނެފައިވަނީ މި ޅެމަކީ ދުނިޔެ ދޫކޮށްފައިވާ ހުރިހާ ލޮބުވެތި މަންމައިންނަށް ޚާއްޞަކޮށްފައިވާ ޅެމެއް ކަމަށެވެ.
ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަޙުމަދު އަލީ ހައްދަވާފައިވާ މި ޅެމުގައި މަންމަ ނެތުމުން ދަރިޔަކަށް ކުރާނެ އަސަރު ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައި ވެއެވެ.
“މި ޅެމަކީ އެންމެހާ ލޮބުވެތި މަންމަ އިންނަށް ދަރިއެއްގެ ހިތުގެ އުދާސްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޅެމެކެވެ. މި ދުނިޔެ ދޫކޮށްފައިވާ ހުރިހާ އަޚުންނާއި އުޚުތުންގެ މަންމަ އިންނަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.” މި މަދަހަ ފޭސްބުކްގައި އާއްމުކުރަމުން ބޮޑުބެ ބުނެފައިވެއެވެ.
މި މަދަހަ ބޭސްބުކްގައި އާއްމުކުރުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/1832479493687789/videos/887346198707902″ poster=”http://www.muniavas.com/wp-content/uploads/2021/01/Bodube.jpg”]
