ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝަމްވީލްގެ ލަވް މެޝަޕް 3 އަދި މާލޯބި!

ޝަމްވީލް މުހައްމަދު (ބަރޯ) ގެ ކަވަރ ލަވަތައް ހިމެނޭ ‘ލަވް މެޝަޕް’ ސީރީޒްގެ ފުރަތަމަ ދެ ބަޔަށް އެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޝަމްވީލް މިވަނީ އޭނާގެ “ލަވް މެޝަޕް 3” މިއަދު ރިލީޒްކޮށްފައެވެ.

“ލަވް މެޝަޕް 3” ގައި ލޯބީގެ ހިތްގައިމު ފަސް ލަވަ ހިމެނެއެވެ. މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ ރަނަރަޕްކަން ހޯދި ޝަމްވީލްގެ ހިތްގައިމު އަޑުން ވިރުވާ އަޅާލާފައިވާ މި ލަވަތަކުގެ ތެރެއިން ފުރަތަމަ ހަތަރު ލަވައިގެ ލިރިކްސް ހަދާފައިވަނީ މޫސާ ނަދީމު އެވެ. މިއުޒިކް ކޮމްޕޯސްކޮށް މިކްސިން އަދި މާސްޓަރިން ހެދީ ޙުސައިން ތަޢުފީޤް އެވެ. ލަވަތައް އެރޭންޖްކުރީ ޝަމްވީލް އެވެ.

ސަންޑްކްލައުޑަށް ދޫކޮށްލާފައިވާ މި ލަވައިގެ އިތުރު މަޢުލޫމާތުތައް މުނިއަވަސްއާ ހިއްސާކުރަމުން ޝަމްވީލް ބުނީ ލަވައިގެ ކަވަރުގެ އާޓް މަސައްކަތްކުރީ ޢަބްދުﷲ ރިޒާ ކަމަށާއި ކަވަރ ފޮޓޯ ނެގީ އަޙްމަދު ލުޖައިން ޢަލީ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top