ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޮއިދޫ ސްކޫލުން އިސްނަގައިގެން ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ބައެއް ތަންތަން ސާފުކޮށްފި

ގޮއިދޫ ސްކޫލުން އިސްނަގައިގެން ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ އިންނަފުށްޓާއި ދޮރުކަނޑުހުރާ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ސްކޫލް ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓްގެ އިތުރުން ކައިޓު ގްރޫޕުންވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

42 ދަރިވަރުންނާއި އެކު މިހަފްތާގެ ޕްރޮގްރާމްގައި ވަނީ ދޮރުކަނޑުހުރައިން ގިނަ އަދަދެއްގެ ޕްލާސްޓިކް ހޮވައި ގަހާއި ރުއް އިންދާފައެވެ. އަދި މިދިޔަ ހަފްތާގައި ގޮއިދޫ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ އިންނަފުށިވެސް ވަނީ ސާފުކޮށްފައެވެ.

ގޮއިދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރ އަލްފާޟިލާ ޝައުފާ ޝަފީގް މުނިއަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ޕާރލޭ އިން މިއަހަރު ފެށި “ޕާރލޭ އެއަރ ޗެލެންޖް” ގައި ސްކޫލުން ބައިވެރިވެ އެ ޗެލެންޖަށް ޕޮއިންޓް ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ.

“މިކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުން ގިނައިން ޕޮއިންޓްސް މި ލިބެނީ… އަދި ވަކިވަރަކަށް ޕޮއިންޓް ލިބުމުން ޕާރލޭއިން ހާއްސަ އިނާމެއް ލިބޭ.”

ޕާރލޭއިން ގޮއިދޫ ސްކޫަލަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް ޝައުފާ ވިދާޅުވިއެވެ. މީގެކުރިންވެސް ޕާރލޭއާއި ގުޅިގެން 5221 ކިލޯގެ ޕްލާސްޓިކް ފުޅި ފޮނުވާފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިފަދަ ޗެލެންޖެއްގައި ބައިވެރިވުމުގެ މަޤުސަދަކީ ދަރިވަރުންގެ ހިތުގައި ތިމާވެށްޓަށް ލޯބިޖައްސައި، ރާއްޖެއިން ޕްލާސްޓިކް ނައްތާލުމަށް ކުރާ މަސައްކަތުގައި ސްކޫލް ބައިވެރިވުން އަދި ޕްލާސްޓިކް ސައްޙަ ގޮތުގައި ނައްތާލުން”

ޝައުފާ ވިދާޅުވިއެވެ.

[aiovg_video mp4=”https://www.facebook.com/MuniAvas/videos/291803402282973″ poster=”http://www.muniavas.com/wp-content/uploads/2021/02/152866516_254717912979320_1129945333637491542_n.jpg”]

ޕްރޮގްރާމު ހިންގުމަށްޓަކައި ފައިސާ ހޯދުމުގެ ގޮތުން ހުކުރުދުވަހު ވަނީ ސައިކަލް ދޮވުމުގެ ހަރަކާތެއްވެސް ސްކޫލުގައި ހިންގާފައެވެ. ކޮންމެ ހަރަކާތެއްގައިވެސް ކުދިންނާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބޭ ކަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top