ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުވާކޮށްފާ ބުނަން” – މާއިޝް އާއި ދާއިންގެ ކަންތައް ފަޅާއަރަައިފި

ވެބް ސީރީޒް ”ހުވާކޮށްފާ ބުނަން”ގެ 10ވަނަ އެޕިސޯޑްގައި މާއިޝް އާއި ދާއިންގެ ދޮގުހެދުމާއި މަކަރާއި ހީލަތްތެރިކަން ފަޅާއަރައި ދެމީހުން މަގުމަތިވެއްޖެއެވެ.

މާއިޝް (ޢަލީ އާޒިމް) އާއި ދާއިން (ފުބޫ)، ރައްޒާާގުމެންގެ ގެއިން ނެރެލުމުން ދެމީހުން ސްޓޯރީ ޖައްސައިގެން ދިމާކުރީ ޖާނޫ (ސައީދު) އާއި ޝާއިރާ (ނަތާޝާ ޖަލީލު)ގެ ގޭގައި ތިބެވޭގޮތް ހެދުމަށެވެ. އެގޮތުން ދެމީހުން މޮޅު ވާހަކަ ދަައްކައިގެން ވެސް ކާމިޔާބުވީ އެ ގޭގައި މާއިޝް އަށް އެކަނި ހުރެވޭ ގޮތަށެވެ. އަނެއްކާާވެސް ދާއިން ދަނީ ރައްޒާގުބެ ކައިރިއަށއެވެ. ގޮސް މޮޅަށް ސްޓޯރީ ޖައްސައި އަލުން އެގޭގައި ދާއިން އަށް ހުރެވޭގޮތް ހަދައެވެ. މިއީ ކުރީގެ އެޕިސޯޑްތަކުން ފެނިގެންދިޔަ ބައެއް ކަންކަމެވެ.

ދާއިންގެ މޮޅު ވާހަކަތަކާއެކު ރައްޒާގު ވާވެއްދުމަށް މަގުމަތީގައި ހުއްޓާ އެތަން ފެންނަނީ ޖާނޫ އާއި ޝާއިރާއަށެވެ. އެތަނަށް އެމީހުން ގޮސް ރައްޒާގު ކައިރީ ހުރިހާ ވާހަކައެއް ކިޔައިދެއެވެ. އެ ވާހަކަތަކުގެ ތެރޭގައި މާއިޝް އާއި ދާއިންގެ މަކަރުވެރިކަން ފަޅާއަރައި ހުރިހައި ކަމެއް ޖާނޫ، ޝާއިރާ އަދި ރައްޒާގަށް ސާފުވެއެވެ.

މާއިޝްގެ މަކަރުވެރިކަން އެނގުމުން އެންމެ ބޮޑަށް ހިތުގައި ޖެހުނީ ޝާއިރާގެ އެވެ. ޝާއިރާ (ނަތާޝާ)ގެ މޮޅު އެކްޓިންއެއް މި އެޕިސޯޑުން ފެނިގެންދެއެވެ. ޝާއިރާގެ ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން އޭނާގެ ހިތް ފޮޅާ ސާފުކޮށްދިނުމަށް މާއިޝް ގާތު އެދެނީ އަސަރާއެކުގައެވެ.

އެންމެ ފަހުން، ދާއިން އާއި މާއިޝް މަގުމަތިވެ، މާޔޫސްވެގެން ތިބެއެވެ. އެހެން ތިބެ ދައްކާ ވާހަކަތަކުގައި ދެމީހުންނަށް ހެދުނު ގޯހުގެ ވާހަކަތައް ދައްކަމުން މުޖުތަމަޢަށް ރަނގަޅު މެސެޖްތަކެއް ދެއެވެ. އެހެން ތިބެ ދައްކާ ވާހަކަތަކުގެ ތެރޭގައި ހައިފާ (ޝިފާ) އާއި ޒާރާ (ވާޝިޔާ)ގެ ޓޮޕިކް ނެެގި އެ ވާހަކައަށް ގެއްލި ހުސްވެއެވެ.

މިއީ ކުރު ޚުލާޞާއެކެވެ. ބައިސްކޯފުން ދައްކަމުންް އަންނަ ޔޫއްޕެ ޕްރޮޑަކްޝަންސްްގެ މި ވެބް ސީރީޒްގެ ފޯރި އެނގޭނީ އެޕިސޯޑްތައް ބަލައިލައިގެންނެވެ. ޔޫއްޕެ ލިޔެފައިވާ ސްކްރީންޕްލޭއަށް ގެނެސްދޭ މި ސީރީޒްގައި މުޖުތަމައަށް ފައިދާހުރި މެސެޖްތަކެއް ދެމުން ގެންދަނީ ވަރަށް ފުރިހަމަކޮށެވެ.

ތިން ސީޒަން އަކަށް ބަހާލައިގެން ގެނެސްދޭ ”ހުވާކޮށްފާ ބުނަން”ގެ ކޮންމެ ސީޒަނެއްގައި26 އެޕިސޯޑް ހިމެނޭނެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top