ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. މިއުފާވެރި ޚަބަރު ފޭނުންނާ ހިއްސާ ކުރަމުން މިއަދު ހެނދުނު ސޯޝަލް މީޑިޔާގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއުފާވެރި ދަތުރުގައި ހުރިހާ މީހުންގެ ލޯބި ބޭނުންކަމަށެވެ.
ޝްރެޔާ އަކީ ދިވެހިންގެ މެދުގައިވެސް މަޝްހޫރު ލަވަ ކިޔުންތެރިއެކެވެ.
ފޭނުންގެ ޖަޒުބާތުތަކާ ކުޅެލި އެތައް ލަވައެއް އޭނާ ވަނީ ކިޔާފައެވެ.
މިގޮތުން ފިލްމް “ބޮޑީގާޑް” އަށް ކިޔަދީފައިވާ ލަވަ “ތޭރީ މޭރީ”، ފިލްމް “އަގްނީޕަތު” އަށް ކިޔައިދިން “ޗިކްނީ ޗަމޭލީ” އަދި ފިލްމް “ބާޖީރާއޯ މަސްތާނީ” އަށް ކިޔައިދިން “ޕިންގާ” އަކީ އޭނާގެ ފާހަގަ ކޮށްލެވޭ ބައެއް ލަވަތަކެވެ.
ޝްރެޔާ ކައިވެނިކޮށްގެން އުޅެނީ ކުޑައިރުންސުރެން އޭނާގެ ހިތާ އެންމެގާތް ޝިލަދިޔާ އާއެވެ. އެމީހުން ކައިވެނިކުރީ 2015 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ޚިޔާލު
