ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސްދޮޅަސް މިއުޒީޝަނުން ރާާއްޖެއިން ފޮނުވާލަން އަންގައިފި

ރާއްޖޭގެ ރިސޯޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ހަރަކާތްތެރިވަމުން އަންނަ 60 ބިދޭސީން ރާއްޖެއިން ފުރުވާލަން އަންގާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. މިއީ އެ ދާއިރާތަކުގައި ބިދޭސީން ޝާމިލުކުރަމުން އަންނަކަމުގެ ޝަކުވާ އުފުލާފައިވާާތީ އެކަން ހައްލުކުރުމަށް ފެށި މަސައްކަތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އިމިގްރޭޝަނުން ބުނީ މީހުން ރާއްޖެއިން ފޮނުވާލުމަށް އަންގާފައިވަނީ އެމީހުންނާ ގުޅޭ ކަންކަން ބެލުމަށް ފަހު ކަމަށާ އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު އެ މީހުންނަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި އެފަދަ ޝަކުވާގެ ތެރެއިން އެންމެ ގިނައީ ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާ ކަމުގެ ޝަކުވާތައް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

“ޝަކުވާތަކާއި ގުޅިގެން މި އިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް ވާނީ އަންގާފައި. އަދި މި ދެންނެވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައި،” އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ޕާފޯމްކުރުމަށް ބިދޭސީ ފަންނުވެރިން ގެނައުމާ ދެކޮޅަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް (އެމް.ޔޫ.އެމް)އިން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވަރުގަދަ ކެމްޕޭނެއް ފަށާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top