ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މަދޫރީ ޑިކްސިޓްގެ އަލަތު ވެބް ސީރީޒަކީ “ފައިންޑިންގ އަނާމިކާ”ގެ ނަމުގައި ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒެއްކަން މީގެ ދުވަސްކޮޅެއް ކުރިން މަދޫރީ ހާމަކޮށްފައި ވެއެވެ.
2019ވަނަ އަހަރު ކަރަން ޖޯހަރް އިއުލާންކުރި މި ސީރީޒަކީ އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން ހަދާ ވެބް ސީރީޒެކެވެ.
“ފައިންޑިންގ އަނާމިކާ”ގައި ކިޔައިދޭނީ ކައިވެނިކޮށް ދަރިންވެސް ލިބިފައިވާ މަޝްހޫރު ފިލްމީ ބަތަލާއަކު ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން އާއިލާ އިން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެކެވެ
“ފައިންޑިންގ އަނާމިކާ”އިން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ސަންޖޭ ކަޕޫރު، މާނަވް ކޯލް، ލަކްޝްވީރު ސަރަން، ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ.
“ފައިންޑިންގ އަނާމިކާ”ގެ ޑައިރެކްޓަރުންނަކީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ.
View this post on Instagram
