ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހައްދުންމަތީ ވެރިރަށް ފޮނަދޫގައި ޖަމާކޮށްފައި ހުރި ކުނިބުނީގެ ތެރެއިން 450 ޓަނުގެ ކުނި ނައްތާލައިފިއެވެ.
ވެމްކޯއިން ބުނީ މިއީ ލ. ފޮނަދޫގައި އެއްކޮށްފައި ހުރި ކުނީގެ 85 އިންސައްތަ ކަމަށާއި ބާކީ ހުރި 15 އިންސައްތަ ކުނި ނައްތައިލުމުގެ މަސައްކަތް ވެސް ތާވަލުކޮށްފައިވާ ދުވަހަށް ނިންމާލެވޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވެފައި ހުރި ކުނި ނައްތާލައި ރަށްތަށް ސާފު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން 20 ރަށެއްގެ ކުނި ނައްތާލުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގިނަ ރަށްތަކެއްގެ ކުނިގޮނޑާއި ކުނި އަޅާފައިވާ ސަރަހައްދުތަކެއް ވެމްކޯ އިން އަންނަނީ ސާފު ކުރަމުންނެވެ.
ލ. ފޮނަދޫ ކައުންސިލްގެ ފަރާތުން ފޮނަދޫގެ ގޭބިސީތަކުގެ ކުނި އުކައިލުމުގެ ޚިދުމަތް ދެމުން އަންނައިރު، ފޮނަދޫ ކުރިގަމު އަވަށުގައި ހަދާފައި ހުންނަ ކުނި ޖަމާާކުރާ ސަރަހައްދުގައި ކުނި ނައްތައިނުލެވި ފުނިޖެހިފައި ހުންނަ މައްސަލައަކީ ދާއިމީ ހައްލެއް ބޭނުންވެފައިވާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫއުގެ ދަށުން ގިނަ ރަށްތަކެއްގެ ކުނިގޮނޑާއި ކުނި އަޅާފައިވާ ސަރަހައްދުތަކެއް ވެމްކޯ އިން އަންނަނީ ސާފު ކުރަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




