ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އުމަރު” ސީރީޒް ރާއްޖެ ޓީވީން އަންނަ ރަމަޟާން މަހު!

މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބިން ޚައްޠާބްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ،”އުމަރު” ސީރީޒް މި އަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް ރާއްޖެ ޓީވީއިން ހާމަކޮށްފިއެވެ.

“އުމަރު” ސީރީޒްގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެ ޓީވީއިން ގަނެފައިވާ ކަމަށްވެސް އެ ސްޓޭޝަނުން ބުނެއެެވެ.

ޖުމްލަ 31 އެޕިސޯޑް ހިމެނޭ މި ސީރީޒް ކޮންމެ ރެއަކު ގެނެސްދޭނެ ކަމަށާއި ކޮންމެ ދެރެއިން އެއްރޭ އާ އެޕިސޯޑެއް ގެނެސްދޭނެ ކަމަށްވެސް ރާއްޖެ ޓީވީން ހާމަ ކުރެއެވެ. ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ 10:30ގައި މި ސީރީޒް ދައްކާނެއެވެ.

ދިވެހި ބަހުން އަޑުއަޅައިގެން މި ސީރީޒް ގެނެސް ދިނުމުގެ މަގްސަދަކީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށްވެސް ރާއްޖެޓީވީން ހާމަކުރެއެވެ.

ސީރީޒްގެ ދިވެހި ޓްރެއިލާ އެއްވެސް ރާއްޖެ ޓީވީން އާއްމުކޮށްފައިވާ އެވެ.

“އުމަރު” ސީރީޒް އަކީ ޤަތަރު ޓީވީގެ އުފެއްދުމެކެވެ. މި ސީރީޒްގައި ތިރީސް ހާސް އެކްޓަރުން ހަރަކާތްތެރިވެފައިވެއެވެ. އަދި ދިހަ ގައުމަކުން ޓެކްނިކަލް ޓީމްތައް ބައިވެރިވެފައި ވެއެވެ.

މި ސީރީޒަށް އެތަކެއް ބަހަކުން އަޑުއަޅައިގެން ދައްކަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/RaajjeTelevision/videos/463146808364111″ poster=”http://www.muniavas.com/wp-content/uploads/2021/03/PicsArt_03-12-05.32.41.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top