ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާންގެ “ރާދޭ” ސިނަމާތަކަށް 13 މެއި ގައި!

ސަލްމާން ޚާންގެ “ރާދޭ : ޔޯރ މޯސްޓް ވޯންޓެޑް ބާއީ” ރިލީޒްކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 13 މެއި 2021ގައި ކަމަށް ސަލްމާން ޚާން ވަނީ އިޢުލާނުކޮށްފައެވެ.

ފިލްމު “ރާދޭ” ރިލީޒްކުރާނެ ތާރީޚަކަށް މިދިޔަ އަހަރުން ފެށިގެން ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ފިލްމު ރިލީޒްކުރުން ލަސްވަމުން ގޮސް މިހާރު މިވަނީ މެއި މަހަށް ހަމަޖައްސާފައެވެ. މި ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރުނެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޑިޝާ ޕަޓާނީ، ޖެކީ ޝްރޯފް އަދި ރަންޑީޕް ހޫޑާވެސް މުހިންމު ރޯލުތަކެއް ކުޅެއެވެ. މިއީ ސައުތު ކޮރެއާގެ ފިލްމު ”ވެޓެރަން“ގެ ރީމޭކެކެވެ.

ފިލްމު “ރާދޭ” ރިލީޒްކުރާނެ ތާރީޚް ސަލްމާން ޚާން ހާމަކުރީ މިހެންނެވެ.


މި ފިލްމުވެސް ރިލީޒް މި ކުރަނީ ސަލްމާންގެ ވަރުގަދަ ފިލްމުތައް ރިލީޒްކުރަމުން އަންނަ ސަގާފަތާ އެއްގޮތަށް ފިތުރު އީދާ ދިމާކޮށް އީދު ހަދިޔާއެއްގެ ގޮތުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top