ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގުޅުން” އެންތޮލޮޖީގެ ރަސްމީ ޓްރެއިލާ ބަލައިފިންތަ؟

ސާކް ފިލްމު ފެސްޓިވަލްގެ އެވޯޑް ހޯދާފައިވާ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް، ކޮމެޑީގެ އިތުރުން ހަމަ ކޮންމެ ރޯލަކަށްވެސް ފިޓް ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، ކުރިއަރަމުން އަންނަ އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާގެ ގުޅުންތައް ފެނިގެންދާ އެންތޮލޮޖީ ފިލްމު “ގުޅުން”ގެ ރަސްމީ ޓްރެއިލާ އާއްމުކޮށްފިއެވެ.

ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްޓްކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ “ގުޅުން” މިއީ 20 ވަރަކަށް މިނެޓްގެ ކުރު ފިލްމެކެވެ.

މި ފިލްމުގައި ޚާއްޞަ ފެނިލުމަކުން ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު ގެ އިތުރުން އިސްމާޢީލް ޖުމައިހް ވެސް ފެނިގެންދާނެއެވެ.

“ގުޅުން” ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހެދީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހެދީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމް އެވެ.

އެންތޮލޮޖީ ސީރީޒްގެ އައު ފިލްމެއްގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާކަން މީގެ ދެ ދުވަސް ކުރިން ޑާކް ރެއިން ހާމަކޮށްފައިވެއެވެ. އެއީ ‘އިބްތިޒާޒް”ގެ ނަމުގައި ޢަލީ ޝިފާޢު ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ.

އެންތޮލޮޖީ ސީރީޒަކީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން، އެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top