ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުޅިން ހިލޭ، ވޮއިސް ޓްރޭނިންގ ހަދަން ބޭނުންތަ؟

މިއުޒިކީ އައު ފަންނާނުން ދާއިރާއަށް ނެރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ “އިއްޔަ ރެކޯޑްސް” އިން، ފަސް މީހަކަށް ހިލޭ ވޮއިސް ޓްރޭނިންގ ހަދައިދޭން ނިންމައިފިއެވެ.

“ވޯކަލް ޓްރޭނިންގ ހަދަން ބޭނުންވާ ފަސް ބޭފުޅަކަށް މި ފުރުސަތު މިވަނީ ހުޅުވާލެވިފަ. މިއީ މުޅިން ހިލޭ ކޮށްދޭ ކަމެއް.” އިއްޔަ ރެކޯޑްސްގެ ބާނީ މުސްތާގު މޫސާ މުނިއަވަސް އަށް ވިދާޅުވި އެވެ.

މި ފުރުސަތުގައި ބައިވެރިވުމަށް އިއްޔަ ރެކޯޑްސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް ނުވަތަ މުސްތާގުގެ މޯބައިލް އަށް މެސެޖް ކުރުމަށް އިއްޔަ ރެކޯޑްސް އިން އެދެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮންމެ ބައިވެރިއެއްގެ ވޮއިސް ޓްރޭނިންގ ފީއެއްގެ ގޮތުގައި 3200 ރުފިޔާ ހޭދަވާނެ އެވެ. މި ފައިސާ ދައްކައިދޭނީ އިއްޔަ ރެކޯޑްސް އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top