ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭރު ޢީދަކޮޅީ އޮޅެނޫ

“އޭރު ޢީދަކޮޅީ އޮޅެނޫ” (އޭރު ޢީދު ކުޅެ އުޅުނީ) މިއީ ލ. ފޮނަދޫގައި އިހު ޒަމާނުގައި ޢީދުގެ ކުޅިވަރުތައް ކުޅެ އުޅުނުގޮތް، ފޮނަދޫގެ ދުވަސްވީ ބައެއް އިސްރަށްވެހިންގެ ކިޔައިދެއްވާފައިވާ ޕްރޮގްރާމެކެވެ. މިއީ 1433ވަނަ އަހަރު ލ. ފޮނަދޫ ބަރާސިލް އަވަށުގައި ވަރަށް ކުލަގަދަކޮށް އަޟްޙާ ޢީދު ފާހަގަކުރުމަށް، އަވަށު ރައްޔިތުން މޯޓިވޭޓްކުރުމަށް ކުރިއަށް ގެންދިޔަ ޗެނަލްއެއް ކަމަށްވާ ‘ބައްރު ހެލްޕްލައިން’ އިން ދެއްކުމަށް އެ އަވަށުގެ ބައެއް ޒުވާނުން ތައްޔާރުކުރި ޕްރޮގްރާމެކެވެ.

* ވީޑިއޯ ޑިސްކްލެއިމަރ: މި ވީޑިއޯގެ ބައެއް މަންޒަރުތަކުގައި، ލ. ފޮނަދޫ ބަރާސިލް އަވަށުން ނިޔާވެފައިވާ ބައެއް ފަރާތްތައް ފެނިގެންދާނެއެވެ. އެ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ.

މި ވީޑިއޯ އާއްމުކޮށްފައި މިވަނީ އޭރުގެ ހަނދާންތައް ޢާއްމުކޮށް އަރުޝީފުކޮށްް، ގިނަ ބަޔަކަށް ފެންނަ ގޮތަށް ދޫކޮށްލުމުގެ ބޭނުމުގައެވެ. މިއީ މާލީ އެއްވެސް މަންފާއެއް ހޯދުމަށް ޢާއްމުކުރާ ޢާއްމުކުރުމެއް ނޫނެވެ.

https://www.youtube.com/watch?v=Ps1U6vaGwg8

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top