އަރިދަފުސްރޯގާގެ މި މޫސުމުގައި ދިފާޢީ ނިޒާމުގެ މަސައްކަތް ވަރުގަދަކޮށްލުމަށް، ގޮށް ރީނދުލާއި އޮރެންޖުގެ ދިޔަ ބޭނުންކޮށްގެން އަނގަޔަށް މީރު، ވިޓަމިން ސީ ޝޮޓެއް ތައްޔާރުކޮށްލުން ކިހިނެއްވާނެ ހެއްޔެވެ. މިއީ ބަދިގެތެރެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ގެވެށިފަރުވާ އެކެވެ.
ތައްޔާރުކުރާނެ ގޮތް
1- ރޯ ގޮށްރީނދުލާއި އިނގުރު ގާނާށެވެ. ވީހައިވެސް ހިމުންކޮށް ގާނަންވާނެއެވެ. (ރޯ އިނގުރާއި ރީނދުލުގެ ބަދަލުގައި ރީނދުލާއި އިނގުރުގެ ފޯޑަރު (ޕައުޑަރު) ވެސް ބޭނުންކުރެއްވިދާނެއެވެ.
2- ގާނާފައިހުރި ގޮށްރީނދުލާއި އިނގުރުގެ ތެރެއަށް މާމުއި އަޅާށެވެ. މާމުއި އަޅާނީ ގާނާފައި ހުރި ތަކެއްޗަށް ހެޔޮވަރުވާނެ ވަރަށެވެ. އޭގެ ތެރެއަށް ކުޑަކުޑަ ހޫނުފެންފޮދެއް އަޅައި ރަނގަޅަށް ގިރާލާށެވެ.
3- ގިރާފައި ހުރި ތަށި ތެރެއަށް 2 އޮރެންޖުގެ ދިޔަ ފެލާށެވެ. ރަނގަޅަށް ގިރައިލުމަށްފަހު ބޭނުންކުރައްވާށެވެ.
