ފޭސްބްކްގެ ވެރިޔާ މާކް ޒަކްބާގް އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިލެކްޓްރިކް ސަރފްބޯޑެއް ދުއްވި ވީޑިއޯއެއް މިވަނީ ފިސާރި ރަނގަޅަށް ވައިގައި ހިފާފައެވެ.
މާކް ޒަކްބާގްގެ އިންސްޓަގްރާމަށް ދޫކޮށްލި މި ވީޑިއޯއިން ފެންނަނީ އެމެރިކާގެ ދިދައެއް ހިފައިގެން އިލެކްޓްރިކް ސަރފިންގ ބޯޑެއް ދުއްވާ ތަނެވެ. ވީޑިއޯއާއެކު ޒަކްބާގް ލިޔެލާފައިވަނީ ”ހެޕީ ފޯރތު އޮފް ޖުލައި“ އެވެ. ’ފޯރތު އޮފް ޖުލައި‘ އަކީ އެމެރިކާގެ މިނިވަން ދުވަހަށް ކިޔައި އުޅޭ އާއްމު ނަމެކެވެ.
ކަރަންޓުން ދުއްވާ ފޮއިލް ބޯޑެއްގައި ފެންގަނޑެއް ތެރޭގައި އުމުރުން 37 އަހަރުގެ މެގަ-މިލިޔަނަރު ޒަކްބާގް ސާރފްކުރަމުން ދިޔަ ވީޑިއޯއިން ވެސްޓް ވާރޖިނިއާއަށް ޖޯން ޑެންވަރ ހަދާފައިވާ ޤައުމީލަވަ ”ޓޭކް މީ ހޯމް، ކަންޓްރީ ރޯޑް“ގެ އަޑު އިވެމުންދެއެވެ.
ފޭސްބްކްގެ އިތުރުން އިންސްޓަގްރާމްގެ ވެސް ވެރިއަކީ ޒަކްބާގް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




