ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: ވެއިޓަރަކަށް ކާރެއް ގަނެދިނުމަށް އެންމެ 8 އަހަރުގެ ކުއްޖަކު 50000 ޑޮލަރު ޖަމާކޮށްދިނުން

އެމެރިކާގެ އާކަންސަސް ސްޓޭޓްގެ ލިޓްލް ރޮކްގައި، އެންމެ 8 އަހަރުގެ ކުޑަކުއްޖަކު އިސްނަގައިގެން ރެސްޓޯރެންޓެއްގެ ވެއިޓަރަކަށް އެހީވުމަށް ފެށި ފަންޑްރައިޒިންގ ކެމްޕޭނަކަށް ބޮޑު ތަރުޙީބެއް ލިބި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ކޭޒެން ހަންޓަރ ނަމަކަށް ކިޔާ މި ކުޑަކުއްޖާއަކީ އޭނާގެ ޢާއިލާއާއެކު އާންމުކޮށް ހެނދުނުގެ ނާސްތާ ކުރުމަށް އެ ސަރަޙައްދުގެ މަޝްހޫރު ‘ވޮފްލް ހައުސް’ ރެސްޓޯރެންޓަށް ގޮސްއުޅޭ ކުއްޖެކެވެ. މި ދަތުރުތަކުގެ ތެރެއިން، އެ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ވެއިޓަރެއް ކަމަށްވާ ޑެވޮންޓޭ ގާޑްނަރ އާއި ކޭޒެންއާ ދެމެދު ވަރަށް ގާތް ރަޙުމަތްތެރިކަމެއް އުފެދުނެވެ.

ނަމަވެސް، ޑެވޮންޓޭ ދިރިއުޅުމުގައި މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާކަން ކޭޒެންއަށް އެނގުނެވެ. އަމިއްލަ ދަތުރުފަތުރުގެ ވަސީލަތެއް ނެތުމުގެ ސަބަބުން ޑެވޮންޓޭ ވަޒީފާއަށް ދަނީ ފައިމަގުގައި ނުވަތަ އެހެން މީހުންގެ ކާރުތަކުގައި ލިފްޓު ހޯދައިގެންނެވެ. މީގެއިތުރުން، ކުރިން ދިރިއުޅުނު އެޕާޓްމަންޓުގައި ސިއްޙަތަށް ނުރައްކާވާ ފަދަ މައްސަލަތަކެއް ހުރުމުގެ ސަބަބުން، ޑެވޮންޓޭ އާއި އޭނާގެ އަނބިމީހާ އަދި ދެ އަންހެން ދަރިން ދިރިއުޅެމުން ދިޔައީ ކުޑަ މޮޓެލް ކޮޓަރިއެއްގައެވެ.

އެކުވެރިޔާގެ މި ޙާލަތު ފެނި، އޭނާއަށް އެހީތެރިވުމުގެ ގޮތުން ކާރެއް ގަނެދިނުމަށް ފައިސާ ހޯދުމަށް ފަންޑެއް ހުޅުވުމަށް ކޭޒެން އޭނާގެ މަންމަ ކައިރިން އެދުނެވެ. ކޭޒެންގެ އެދުމުގެ މަތިން އޮންލައިންކޮށް ފެށި މި ފަންޑުގެ ފުރަތަމަ އަމާޒަކީ 50،000 ޑޮލަރު ހޯދުން ކަމުގައި ވީނަމަވެސް، މި ވާހަކަ މީސްމީޑިއާގައި ޢާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ.

އެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ދިން އެހީތެރިކަމާއެކު ޖަމާވި ފައިސާގެ ޢަދަދު ވަނީ 100،000 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޑެވޮންޓޭގެ ޢާއިލާއަށް ބޭނުންވާ އެއްގަމު އުޅަނދެއް ގަތުމަށާއި، ދާއިމީ އަދި ރައްކާތެރި ބޯހިޔާވަހިކަމެއް ހޯދުމަށެވެ.

މިވެސް ކިޔާލަން:  ޕާކިސްތާނުގައި ޓިކްޓޮކް ބްލޮކްކޮށްފި

ކުޑަކުއްޖެއްގެ ހިތުގައި އުފެދުނު ރަޙުމާއި ކުުޅުނުވެރިކަމުގެ ސަބަބުން މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވެ، ދަތިޙާލުގައި އުޅެމުންދިޔަ ޢާއިލާއެއްގެ ދިރިއުޅުމަށް މިވަނީ ބޮޑު އުއްމީދަކާއި އުފާވެރިކަމެއް ގެނެސްދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top