މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފިއެވެ.
އެންސީއޭ އިން އިއްޔެ އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ފޮނުއްވުމަށް ވެސް އެންސީއޭ އިން އެދެއެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމަށް ވެސް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!