މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން މާލޭގެ ސަރަހައްދެއްގައި ބާއްވާ ލައިވް އާޓްގެ (މިއުރަލް) ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އާޓިސްޓުން ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފިއެވެ.
އެންސީއޭ އިން އިއްޔެ އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން މާލޭގެ ސަރަހައްދެއްގައި ކުރިއަށްގެންދަން ހަމަޖެހިފައި ވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ އާޓިސްޓުން [email protected] އަށް 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ފޮނުއްވުމަށް ވެސް އެންސީއޭ އިން އެދެއެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްމަށް ވެސް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
މިއުރަލް ފާރުތަކާއި ސީލިންގް ފަދަ ތަންތަނުގައި ވަގުތުން ކުރަހާލާ ކުރެހުމުގެ މަސައްކަތަށް އާޓްގެ ފަންނުގައި ބޭނުންކުރާ ނަމެވެ. މިއުރަލް ކުރެހުމުން ތަންތަނުގެ ހައިބަތްތެރިކަން އިތުރުކޮށްދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




