ވަރަށް ތަފާތު ސްޓައިލެއްގެ ލަވަތަކެއް ރިލީޒްކުރަމުން އަންނަ ‘ހަމްބަލްބަކަރި’ގެ ސަޅި މަސައްކަތްތަކުގެ ތެރެއިން ‘ލޯގަނޑު” މިއީ ހަމަ ގައިމުވެސް ވަރަށް ތަފާތު، އާދަޔާޚިލާފު މަސައްކަތެކެވެ.
ހަމްބަލްބަކަރިގެ “ލޯގަނޑު”ން މޫނުތައް ފެންނަނީ ތަފާތު ގޮތަކަށެވެ. މީގެ ކުރިން ރާއްޖޭގައި ޝޫޓްކޮށްފައި ނުވާ ފަދަ ތަފާތު ގޮތަކަށް މި ލަވައިގެ ވީޑިއޯ ހެދުމުގެ ފަހަތުގައި ހުރީ ހުނަރުވެރި، ޒުވާން ޑައިރެކްޓަރ ވިޝާލް ޒަކީއެވެ. ލަވައިގެ މިއުޒިކް ހެދީ ފަޔާ އެވެ. ލިރިކްސް ހެދީ ހަމްބަލްބަކަރި އަދި ތުއްތުޕާކް އެވެ. ލަވަ ކިޔާފައިވަނީ ހައްފާފް އާއި ތުއްތުޕާކް އެވެ.
ބައިސްކޯފަށް ރިލީޒްކޮށްފައިވާ މި އާދާޔާޚިލާފު ވީޑިއޯލަވަ މިހާރު ވަނީ ޔޫޓިއުބަށް ވެސް ދޫކޮށްލާފައެވެ.
[aiovg_video type=”youtube” youtube=”https://www.youtube.com/watch?v=38GpA0heoXE” poster=”http://www.muniavas.com/wp-content/uploads/2021/07/‘Loagandu’-by-Humblebakari-Haffaf-ft.-ThuthuPark-Official-Video-0-21-screenshot.png” autoplay=”1″]
