ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަންތިމް : ދަ ފައިނަލް ޓްރުތު” މިއަހަރު ރިލީޒް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް – މަހޭޝް

ބޮލީވުޑްގެ މެގަ ސްޓަރ ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ ލީޑް ރޯލުން ފެނިގެންދާ ފިލްމު ‘އަންތިމް: ދަ ފައިނަލް ޓްރުތު’ މިއަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރު ބުނެފިއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު ހިސާބުގައެވެ. ނަމަވެސް އެހާ ހިސާބަށް ދާއިރު ސިނަމާތައް ހުޅުވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން ފިލްމު ރިލީޒްކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައި ކަމަށް މަހޭޝް ބުނެފައިވެއެވެ.

ފިލްމުގެ ޝޫޓިންގ ނިންމާލެވިފައިވާއިރު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަލްމާން ވަނީ ފިލްމުގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފައެވެ. އޭގެން ފެނިގެންދަނީ އާޔޫޝް ދުވެފައި އައިސް ސަލްމާން ގައިގާ ޖަހަން އަތް ހޫރާލުމުން ސަލްމާން ހިފަހައްޓާ މަންޒަރެވެ. އެހެންކަމުން އެނގިގެންދަނީ އާޔޫޝް ފެނިގެން ދާނީ ފިލްމުގެ ވިލަން ރޯލުން ކަމާއި ސަލްމާނަކީ ފިލްމުގެ ބަޠަލުކަމެވެ.

އެންމެފަހުން ސަލްމާންގެ ފިލްމެއް ރިލީޒް ވެގެން ދިޔައީ މިއަހަރުގެ ފިޠުރު ޢީދު ދުވަހެވެ. މެއި 13 ގައި ރިލީޒްކުރި މި ފިލްމު ‘ރާދޭ-ޔޯރ މޯސްޓް ވޯންޓެޑް ބާއީ’ އިން ވަނީ ވަރަށް ބޮޑު އާމްދަނީއެއް ހޯދާފައެވެ. ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘ޓައިގަރ 3’ އާއި ‘ކިކް 2’ އަދި ‘ބައިޖާން’ ގެ އިތުރުން ‘ދަބަންގ 4’ ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top