ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާއެއް ކަމަށްވާ ‘މަނީ ހައިސްޓް’ ސީޒަން 05 ގެ ވޮލިއުމް 01 ގެ އޮފިޝަލް ޓްރެއިލަރ މިއަދު ދައްކާލައިފިއެވެ.
ސްޕެނިޝް ސިލްސިލާއެއް ކަމަށްވާ ‘މަނީ ހައިސްޓް’ ގެ 05 ވަނަ ސީޒަން މިއީ މި ސިލްސިލާގެ އެންމެ ފަހު ސީޒަނެވެ. މި ސީޒަންގެ ވޮލިއުމް 01 ސެޕްޓެމްބަރު މަހުގެ 03 ވާ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެއެވެ. އަދި ވޮލިއުމް 02 ސްޓރީމް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުން ފެށިގެންނެވެ.
ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ”މަނީ ހައިސްޓް“ އަކީ 2017 ވަނަ އަހަރު ދައްކަން ފެށި ސީރީޒެކެވެ. މި ސީރީޒްގައި މިހާތަނަށް 04 ސީޒަނެއްގައި ޖުމްލަ 31 އެޕިސޯޑް ވަނީ ގެނެސްދީފައެވެ.
https://www.youtube.com/watch?v=bsLP_tFMDxo&pp=sAQA
ކިޔުންތެރިންގެ ޚިޔާލު
