ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމަށް ޑރ. އަޝްރަފް ޢަބްދުއްރަޙީމް

ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމަށް ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް، އަދި ދިވެހިބަހުގެ އެކަޑަމީގެ ނާއިބު ރައީސްކަމަށް އަލްފާޟިލާ ޒުލްފާ އިބްރާހީމް އިންތިޚާބު ވެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު (9-2011)ގައި ވާގޮތުގެ މަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނާއިބުރައީސް ހޮވުނީ މެމްބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓުގައި، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދިވެހިބަހުގެ އެކަޑަމީގެ 03 މެމްބަރެއްގެ، މެމްބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ އެ މަޤާމްތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަކީ ދަފްތަރު ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި، ޅ.ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމާއި، މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި 03 މެމްބަރުންގެ ތެރެއިން ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ އެކަޑަމީގެ މެމްބަރެއްގެ ގޮތުގައެވެ.

މިއަދަށް ދައުރު ހަމަވި 03 މެމްބަރުންގެ ތެރޭގައި ހިމެނެނީ އަޝްރަފް ޢަލީ އާއި ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top